Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އެމްއޯސީއިން ފުރަތަމަ ފަހަރަށް ބާއްވާ އެތުލީޓްސް ފޯރަމް ފަށައިފި

ރާއްޖޭގައި އެކި ދާއިރާގެ ކުޅިވަރުގައި ހަރަކާތްތެރިވާ ކުޅުންތެރިންނަށް އަމާޒުކޮށްގެން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން އިންތިޒާމުކޮށްގެން ބޭއްވޭ ފުރަތަމަ އެތުލީޓްސް ފޯރަމް 2023 އިއްޔެ ފަށައިފިއެވެ.

އެމްއޯސީއިން އިންތިޒާމުކޮށްގެން ކުރިއަށްދާ މި ފޯރަމަކީ މިމަހު 24 އިން 25 އަށް ދެމިގެންދާނެހެން، ރާއްޖޭގައި އުޅޭ ކުޅިވަރު ކުޅުންތެރިންގެ އުފެއްދުންތެރި ޚިޔާލުތައް އަޑުއަހައި، އެ ކުޅުންތެރިންގެ އަޑު ރާއްޖޭގެ ކުޅިވަރު ޕްލެޓްފޯމްތަކުގައި އިއްވައިދިނުމުގެ މަޤްސަދުގައި ބޭއްވޭ ހާއްސަ ފޯރަމެއް ކަމަށް އެ ކޮމިޓީއިން ބުނެފައިވެއެވެ.

އެ ފޯރަމުގައި އިންސާފު ކުރެވިގެންދާނީ މައިގަނޑު 6 ނުކުތާއަކަށް ކަމަށް އެމްއޯސީއިން މަޢުލޫމާތުދީފައިިވެއެވެ. އެ 6 ނުކުތާތަކަކީ:

  • ކުޅިވަރުގެ މައިދާނުގައި، ކުޅިވަރުކުޅޭ ކުޅުންތެރިންގެ ރައްކާތެރިކަން
  • ކުޅިވަރު ޙަޔާތް ނިމުމުން ކުޅިވަރު ކުޅުންތެރިންނަށް ދެން ހުރި ފުރުސަތުތައް
  • ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަން
  • ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ދިމާވާ އަނިޔާތަކުން އަރައިގަތުން
  • ތަމްރީނުތަކުގައާއި މުބާރާތްތަކުގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ހިތްވަރު
  • ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ހުރި ފުރުސަތުތައް

އެތުލީޓްސް ފޯރަމް ޢިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހު 7ވީ އަންގާރަ ދުވަހުގެ ހެނދުނު 08:00 ޖެހި އިރުއެވެ. އަދި އެ ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވެފައިވަނީ، މިމަހު 12 ވީ އާދީއްތަ ދުވަހުއެވެ. މި ފޯރަމުގައި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 17 އެސޯސިއޭޝަނަކުން އެތުލީޓުން ބައިވެރިވަމުން އާދެއެވެ.

އެ ފޯރަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރުއާއި، އެމްއޯސީގެ ނައިބު ރައީސް މުޙައްމަދު ތޮލާލް އަދި އަހްމަދު އިސްމާއިލްއާއި، އެމްއޯސީގެ ސެކެޓްރީ ޖެނެރަލް ޖެނެރަލް ތަމޫހް އަހްމަދު ސައީދުވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

އަދި މީގެ އިތުރުންވެސް އެ ފޯރަމުގައި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަން ޗެއާ އެމާ ޓާހޯ އޮލީއާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ހެޑް އޮފް އެތުލީޓްސް ޑިވެލޮޕްމެންޓް ޓޯނީ ޓައްރާފްވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

ފޯރަމްގެ ފުރަތަމަ ދުވަސް ނިންމާލީ ޓޯނީ ޓައްރާފް ދެއްވި ހުށަހެޅުމަކަށް ފަހުގައެވެ. އެ ހުށަހެޅުމުގައި އޭނާ ވާހަކަދައްކާފައިވަނީ ރިޝްވަތުނެގުމާއި މެޗުތައް ފިކްސް ކުރުންފަދަ ކުޅިވަރަށް ނޭދެވޭ ނުފޫޒު ފޯރުވުމާއިބެހޭގޮތުންނެވެ. އަދި، އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ޓޯނީ ވާހަކަދައްކާފައިވެއެވެ.

މި ލިއުމާއި ގުޅޭ