Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

މައްސަލަތަކަށް ބިނާކުރުވަނިވި ހައްލެއް ހޯދުމުގެ ހިތްވަރު ރައީސްގެ ކިބައިގައި އެބަހުރި: ސަޢީދު

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރުވަނިވި ހައްލެއް ހޯއްދެވުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކިބައިގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ.

''ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރުވަނިވި ހައްލެއް ހޯދުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ކިބައިގައި އެބަހުރި.'' ސަޢީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަޢީދު ވަނީ އެ ގޮންޖެހުންތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ މި ހިސާބަށް ގެނެސްދެއްވުމުގައި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ލީޑާޝިޕް ފާހަގަކުރައްވައިފައެވެ.

ސަޢީދު މިހެން ވިދާޅުވެފައި މިވަނީ މި ވެރިކަމަށް ހަތްވަނައަށްވީ ދުވަހު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީއިން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައި ވަނިކޮށެވެ.

ސަޢީދުގެ އިތުރުން ކެބިނެޓްގެ އެހެން މެންބަރުން ވެސް ވަނީ ސަރުކާރު ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެ ބޭފުޅުންގެ ވާހަކަފުޅުތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ މި ސަރުކާރު ނަގައްހައްޓައި ދެމެހެއްޓުމުގެ މައްޗަށެވެ.
މި ލިއުމާއި ގުޅޭ