Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުލްރަހީމް އަބްދުﷲ

ފަސްއެނބުރި ބެލުމެއްނެތް، ވަކި މީހަކަށްވުރެ ޤައުމު ބޮޑުވާނެ

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ސާބިތުވެ ތިއްބަވާނެ ކަމަށާއި ''ފަސް އެނބުރި ބެލުމެއްނެތި'' ދާނީ ކުރިއަށް ކަމަށް ރައީސްގެ ޚާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ޢަބްދުުއްރަޙީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ފަސް އަހަރު ޕީޕީއެމް-ޕީއެންސީ ލީޑް ކުުރެއްވި ޢަބްދުއްރަޙީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ''އެންމެ ފުރަތަމަ ގައުމު'' އިސްކުރާ ދެ ޕާޓީ ކަމަށާއި ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ.މުޢިއްޒާއެކު ފިސާރި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށެވެ.

.'މާތް ﷲ ގެ ވާގިފުޅާއެކު ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް.''
އަބްދުއްރަހީމް

މީގެއިތުރުން ޢަބްދުއްރަޙީމް ވަނީ ދިވެހި ރައްޔިތުން ރައީސް ޑރ.މުޢިއްޒާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ''އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ގައުުމު މާ ބޮޑު'' ކަމަށް ވިދާޅުވެފައެވެ

މި ލިއުމާއި ގުޅޭ