Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ފުދުންތެރިކަމަށް ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު: ފައިސަލް

ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުމަށް ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ރައީސް މުއިޒާއެކީ ކުރިޔަށް ދިޔުން ވަރަށް މުހިންމު ކަމަށާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުވެވި ޤައުމުގެ ހަމަޖެހުންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ ޒުވާނުންގެ ދައުރު ވަރަށްވެސް ބޮޑު ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަށްވެސް ޒުވާނުންގެ ޒިންމާ އަދާކުރާނެ ކަން ކަށަވަރުވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ފައިސަލް ވިދާޅުވެފައި މިވަނީ, ކުރީގެ ރައީސް ޔާމީން, ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނިކޮށެވެ.

ފައިސަލްގެ އިތުރުންވެސް ގިނަ ކެބިނެޓު މިނިސްޓަރުން ދަނީ ރައީސް މުއިއްޒާއި އެކުގައި ތިއްބެވިކަން ހާމަކޮށް ޓުވީޓުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ