Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ އާއެކު: މިނިސްޓަރު ޣައްސާން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ކަމަށް ވިދާޅުވެ, މުޢިއްޒާ އެއްކޮށް ކުރިއަށް ދިއުމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންދާ ވަޒީރު މިފަދައިން ގޮވައިލެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާއާއެކު ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދޭ އެންމެހައި ދިވެހިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާ ކުރިއަށް ދިއުމަށް ގޮވައިލެއްވިއެވެ.


''ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއެކު. ރައީސް މުޢިއްޒުގެ ސަރުުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބި ސަފުތަކުގައި ކެރުމާއި އިޚުލާސްތެރިކަމާއެކު ސާބިތުވެ ހުރެ ގައުމަށް ހެޔޮ އެދޭ އެންމެހައި ލޮބުވެތި ދިވެހިންނަށް ރައީސް މުޢިއްޒާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން'' މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އެ ޕާޓީ ދޫކުރައްވައި އައު ޕާޓީއެއް ވުޖޫދު ކުރެއްވުމުގެ މަސައްކަށް ފަށްޓަވާފައިވަނިކޮށެވެ.
މި ލިއުމާއި ގުޅޭ