Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިން

މަސް ކިރުވާފަ މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަސްވެއްޖެ

މަސްވެރިން ބާނާ މަސް ކިރުމަށްފަހު މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަސްވެފައި ވާ ކަމަށާއި އެ ފައިސާތައް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާއި ގުޅޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިން އަތުން މަސް ގަނެފަ ފައިސާ ނުދޭތާ މަސްވެފައިވާ ކަމަށާއި އެފައިސާ މަސްވެރިންނަށް ނުދެވިގެން އުޅެނީ ސަރުކާރުގެ ކޭޝްފްލޯ ދަށްވުމުން ކަމަށެވެ. މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކެއް އެބަހުރިކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

މިދަތިތަކާއެކުވެސް މަސްވެރިންނަށް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މަސް ކިލޯއެއް ގަންނަ އަގު17 ރުފިޔާއިން25 ރުފިޔާއަށް ބޮޑުކުރީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަހުގެ އަގު ބޮޑުކުރީ، ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ22 ޕަސެންޓް ޑިއުޓީ ކަނޑާލަން ސަރުކާރާއި ޔޫރަޕިއަން ޔޫނިއަންއާއެކު ކުރެވުނު ގިނަ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ގެންދެވިފައި ވާތީކަމަށް ބުނެއެވެ.

މި ސަރުކާރުގެ މެނިފެސްޓޯގައިވާގޮތުން މަސް ގަންނަ އަގު ކިލޯއަކަށްވުރެ 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އިންތިހާބާއި ދިމާކޮށް ކަމަށާއި، އަދި މިބަދަލާއި އެކު މަސްވެރިންނަށް މިހާރު ފައިސާ ނުލިބި ހުރުމުން މަސްވެރިންނަށް ވަނީ ގިނަ ދަތިތަކާއި ކުރިމަތިވެފައިކަމަށެވެ. އަދި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރުމާއި އެކު މަސް ގަންނަ އެހެން ކުންފުނިތަށްވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ