Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕޮލިސް ބޯޑު

ފުލުހުންގެ ބޯޑުގެ ޗެއާޕާސަނަކަށް ޝަރީފް އަދި ނައިބަކަށް ނޫރާ އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުލުހުންގެ ބޯޑަށް އައްޔަން ކުރެއްވި އަޙްމަދު ޝަރީފް އެ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަން ކުރުމަށް އެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

ރައީސް އިއްޔެ ވަނީ ފުލުހުންގެ ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި އެ ބޯޑަށް ބައެއް މެންބަރުން އައްޔަން ކުރައްވައިފައެވެ.

ރައީސް ފުލުހުންގެ ބޯޑަށް އައްޔަން ކުރެއްވި މެންބަރުންނަކީ:

ތ.ހިރިލަންދޫ/ގުލްފާމުގޭ އަޙްމަދު ޝަރީފް.

ދަފްތަރު ނަންބަރު ރސ 535, އަލްއުސްތާޒު ޢަލީ ނަޞީރު ޤާސިމް.

ސ.މަރަދޫފޭދޫ ބަގީޗާގޭ އަޙްމަދު އަޒީމް.

ހއ.ހޯރަފުށީ އަލިމަސްގެ އަޙްމަދު ސަޢުދީ.

ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ހ.ޝޭޑީކޯނަރ ޙާމިދު ޢަބްދުލްޣަފޫރު.

ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޒާ ޞަފާ ޝަރީފް.

ހ.ނޫމުތީ ޢާއިޝަތު ނޫރާ މުޙައްމަދު.

މި ތިން ބޭފުޅުންނަކީ ކުރިން ވެސް ބޯޑުގައި ތިއްބެވި މެންބަރުންނެވެ.

އާ މެންބަރުން އައްޔަން ކުރެއްވުމާއެކު ބޯޑުގެ ޗެއާޕާސަނާއި ޗެއާޕާސަންގެ ނައިބު އައްޔަން ކުރުމަށް އެ ބޯޑުން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އެގޮތުން ބޯޑުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި ޗެއާޕާާސަނަކަށް ޝަރީފް އައްޔަން ކުރުމަށާއި ޗެއާޕާސަންގެ ނައިބުގެ މަގާމަށް ނޫރާ އައްޔަން ކުރުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މި ލިއުމާއި ގުޅޭ