Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިން

ފަސްޓް ލޭޑީ ސާޖިދާ, ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު, ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.

މި އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ ހޯލްގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ. ގެ މުއާހަދާ, ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ) ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވައިފައެވެ.

އެގްޒިބިޝަން ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ވަނީ މި އާޓް އެގްޒިބިޝަންގެ ކުރެހުންތައް ވެސް ބައްލަވާލައްވައިފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިޔަށްގެންދާ މި އާޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވެއެވެ. މި އެގްޒިބިޝަންގައި އެންމެ މޮޅު 15 ކުރެހުން ހޮވައި އިއުލާންކުރުން ވެސް ކުރިއަށްދިޔައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި އެގްޒިބިޝަން ކުރިޔަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހެވެ. މި ދުވަހަކީ ކުޑަކުދިންގެ އަސާސީ ހައްގުތައް ބަޔާންކުރާ މުއާހަދާކަމަށްވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި ދުވަހެވެ.
މި ލިއުމާއި ގުޅޭ