ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރު ބަލި ކަމެއް ނެތް ރައްޔިތުންގެ ހިދުމަތުގައި ވަގުތު ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް އިގްތިސޯދާއި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ މުއިއްޒު އެއްވެސް ވަރުބަލިކަމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އުޅުއްވާ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިންމު މަސައްކަތްތަކެއް އެމަނިކުފާނުވަނީ ކުރިއަށްގެންދަވާފައި ކަމަށެވެ.
މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެމަނިކުފާނު ރެޔާދުވާލު މަސައްކަތްކުރައްވަމުން ގެންދާކަމަށް ސަރުކާރުގެ ވަޒީރުންވެސް ދަނީ ވިދާޅުވަމުންނެވެ. އެގޮތުން ސައީދު ވިދާޅުވީ މަޝްރުޢޫތައްވެސް ދެން ދާނީ ބާރު ސްޕީޑެއްގައި ކަމަށެވެ.
ސައީދަކީ ކުރީގެ ރައީސް ޔަމީންގެ ޒައާންމަތުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ފުރުއްވާފައިވާ ބޭފުޅެކެވެ.