Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލުން

އައްޑުއަށް ނިސްބަތްވާ އަންހެނަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީއަށް ނިސްބަތްވާ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ 19 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު އޭނާ މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ 18 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.
މި ލިއުމާއި ގުޅޭ