Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ޕީއެންސީއަށް އިތުރު 1400 މީހުން ސޮއިކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިތުރު 1400 މީހުން ސޮއިކޮށްފިއެވެ.

އެކި ދާއިރާތަކުން ޕީއެންސީއާ އަލަށް ގުޅެމުންދާ މީހުންގެ މެމްބަރޝިޕް ފޯމުތައް އިއްޔެ ވަނީ އެ ޕާޓީއާ ހަވާލުކޮށްފައެވެ.

ޕީއެންސީއިން ހާމަކުރި ގޮތުގައި ކ.ގުރައިދޫ ދާއިރާއިން އެ ޕާޓީއާ ގުޅުނު 150 މީހުންގެ މެމްބަރޝިޕް ފޯމުތަކާ އެ ޕާޓީގެ ޗެއާޕަރސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އިއްޔެ ވަނީ ހަވާލުވެވަޑައިގެންފައެވެ.

މީގެއިތުރުން ދިއްގަރު ދާއިރާއިން އެ ޕާޓީއާ ގުޅުނު 300 މީހުންނާއި އިހަވަންދޫ ދާއިރާއިން އެ ޕާޓީއާ ގުޅުނު 500 މީހުންނާއި ށ.ފީވަކުން އެ ޕާޓީއާ ގުޅުނު 450 މީހުންގެ ފޯމު ވެސް ވަނީ ހަވާލުކޮށްފައެވެ. މިއިން ބައެއް ދާއިރާތަކުގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދެވެ.

މި ފޯމުތަކުގެ އިތުރުން ޕީއެންސީއަށް ސޮއިކުރި 3000 އެއްހައި މީހުންގެ ފޯމު މި ހަފުތާތެރޭގައި ވަނީ އެ ޕާޓީއާ ހަވާލުކޮށްފައެވެ.
މި ލިއުމާއި ގުޅޭ