Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ލަފާކުރާ ގޮތުގައި، އެ ގަޑިތަކުގައި ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވާނެ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓުން މިއަދު ފަތިހު 4:30 އިން ހެނދުނު 9:00 އަށް އެންމެ ފުރަތަމަ ވައިޓް އެލާޓް ނެރުނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަދި ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށެވެ.
އޭގެ ފަހުން މިއަދު ހެނދުނު 9:00 ގައި މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރުނީ އެވެ.
މި ލިއުމާއި ގުޅޭ