Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފި!

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.
ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވިކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނި ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށް ޖަމީލް ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ޕާޓީން އިސްތިއުފާ ދެއްވާފައިމިވަނީ، ޕީޕީއެމާއި ޕީއެންސީގެ ބައެއް މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އެމަނިކުފާނުގެ އެންގެވުމަށް ކަމަށްބުނެ، ޕީޕީއެމްގެ ބައެއް މެންބަރުން ވަކި ކޮމިޓީއެއް އުފައްދަވައި ނޫސްވެރިންގެ ބައްދަލު ވުމެއް ބޭއްވި ފަހުންމައްސަލަ ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީން އުފެއްދެވި ކަމަށްބުނާ ކޮމިޓީން ދެއްވި އެ ނޫސްވެރިންގެ ބައްދަލުވުމައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރަށް ފާޑުކިޔާފައިވާއިރު، އެ މައްސަލާގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަލާމް ވަނީ މިއަދުގެ ވަގުތެއްގައި ޕީޕީއެމުން ވަކިވެސް ކޮށްފައެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ޕީޕީއެމް އިން ވަކިވަޑައިގަތީ އައު ޕާޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅުގައެވެ.
ރައީސް ޔާމީންގެ އަމިއްލަފުޅު އާ ޕާޓީއެއް އުފައްދަވަން ނިންމަވައިފައިވާކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މި ލިއުމާއި ގުޅޭ