Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ ޑްރޯން ރޭހަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަން ރަން އާއެކުގައި އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު އުރީދޫން މިވަނީ ހުޅުވާލާފައެވެ.

މި ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން http://ore.do/dronerace މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 10 އާ ހަމައަށެވެ.

އުރީދޫން ބުނާގޮތުން މިރޭސް ކުރިޔަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 16 އަހަރުން މަތީގެ ބައިވެރިންނަށް "އެކައި އެލީޓް" ކެޓަގަރީ، 12 އަހަރުން މަތީގެ ބައިވެރިންނަށް "ސްކައި ވޯކާ" ކެޓަގަރީއެވެ. އޮބްސްޓެކްލްލްސް ހިމެނޭހެން، ކުރިޔަށްގެންދާ މިރޭސް އެންމެ އަވަަހަށް ނިންމާ ފަރާތަކީ ރޭހުގެ އެއްވަނައަށް ދާ ފަރާތެވެ.

  • ކޮންމެ ކެޓަގަރީއެއްގައި ޝަރުތުތަކެއް ކަނޑައަޅައިފައިވެއެވެ.
  • ސްކައި އެލީޓް ކެޓަގަރީ
  • • 22 ޑިސެމްބަރު 2023 ވާއިރު 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް ވުން
  • • ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކު
  • • އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވުން
  • • ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރުން
  • ސްކައި ވޯކާ ކެޓަގަރީ
  • • 22 ޑިސެމްބަރު 2023 ވާއިރު 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށްވުން
  • • މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.
  • • ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖޭނެ

ސްކައި ވޯކާ ކެޓަގަރީގައި ޕްރީ ކޮލިފިކޭޝަން ރައުންޑެއް ކުރިއަށް ގެންދާއިރު، އެ ރައުންޑް ކުރިއަށް ގެންދާނެ ތާރީހާއި ގަޑި ރަޖިސްޓްރީ ކުރާ ފަރާތައް އަންގާނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ދެ ކެޓަގަރީން މޮޅުވާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ސްކައި އެލީޓް ރޭހުން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 3 ޕްރޯ (ޑީޖީއޭ އާރްސީ) އެއް ލިބޭއިރު، ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ) ލިބެއެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ މޫލީ ވައުޗާއެއް ލިބޭނެއެވެ.

ސްކައި ވޯކާ ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 2 އެސްއީއެއް ލިބޭއިރު ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ) ލިބޭނެއެވެ. ތިން ވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ 1000 ރުފިޔާގެ މޫލީ ވައުޗާއެކެވެ.

މި ލިއުމާއި ގުޅޭ