Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

1 ބިލިއަން ރުފިޔާގެ ވައްކަން ފަޅާއެރުމާއި އެކު ރައީސް އިބްރާހީމް ރާއްޖެއިން ބޭރަށް

ޤާނޫނާއި ހިލާފަށް ރަައީސް އޮފީހުގައި ކޮމިޓީއެއް ހަދައިގެން ބަދަލުގެ ގޮތުގައި އެތައް ބަޔަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ދައުލަތުގެ ވަސީލަތްތަކާއި ނަގުދުފައިސާ ކުރީގެ ރައީސް އިބްރާހީމްގެ ވެރިކަމުގައި ދީފައިވާކަން ފަޅާއެރުމާއި އެކު ރައީސް އިބްރާހީމްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ރައީސް އިބްރާހީމްއާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވަޑައިގަތީ ސިންގަޕޫރަށެވެ. އެ ބޭފުޅުން ވަޑައިގެންނެވީ ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީއާއިވެސް ނުލައެވެ. އަދި ސިންގަޕޫރުގައި ދުވަސްކޮޅަކު މަޑުކުރެއްވުމަށްފަހު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ސްރީލަންކާއަށް ކަމަށްވެއެވެ.

ރައީސް އިބްރާހީމް ކުއްލިގޮތަކަށް މި ފުރާވަޑައިގަތީ ރައީސް އޮފީސް ތެރެއިން ހިންގި 1 ބިލިއަން ރުފިޔާގެ ވައްކަން ބަލަންް ގިނަ ބަޔަކު ގޮވާލަމުން ދާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ.މުއިއްޒު ވަނީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވެފައިވާނަމަ އެ މައްސަލަތައް ބައްލަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފިނަމަ ރާއްޖެ ދޫކޮށް ފުރާވަޑައިގަންނަވާނެތޯ "ދިޔަރެސް" އިން ސުވާލުކުރުމުން ރައީސް އިބްރާހީމް ވިދާޅުވީ އެބޭފުޅާ އަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ