Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އިސްކަންދަރު ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިސްކަންދަރު ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ޤައުމީ ދިފާއީބާރުގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދިންގޮތުގައި އެ ސްކޫލުގައި ސިފައިން ހަރަކާތްތެރިވީ އަލިފާން ހިފައިގެން އުޅޭކަމުގެ ރިޕޯޓެއް ލިބުމުންނެވެ. އެގޮތުން އަލިފާން ހިފައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ސްކޫލުގައި ހުރި ޑީ ބޯޑެއްގައިކަމަށް ސިފައިންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައިވެއެވެ.

އިސްކަންދަރު ސްކޫލުގައި ހިފި އަލިފާން ނިންވުމަށް ސިފައިންގެ ފަޔާއެންޑް ރެސްކިއުޓީމުން އެތައް ދިޔުމުގެ ކުރިން އެ ސްކޫލުގެ މުވައްޒަފުން އެ އަލިފާން ނިއްވާލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްކަންދަރު ސްކޫލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ