Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ޓެކްސް ނުދައްކާ ބައެއް ފަރާތްތަކުގެ ނަންތައް މީރާއިން އާންމުކޮށްފި

ޤަވާއިދުން ޓެކުސް ނުދައްކާ ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ނަންތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިހުރި ލިސްޓުގައިވާ މީހުންނަކީ މިދިޔަ އަހަރުގެ ޖީއެސްޓީ ބަޔާން އަދި އިންކަމް ޓެކްސް ނުދައްކާ ހުރި ފަރާތްތައްކަމަށް މީރާއިން ބުނެފައިވެއެވެ.

ޓެކްސް ނުދައްކާކަމަށް ބުނެ އާންމުކޮށްފައިވާ ލިސްޓުގައި ޖުމްލަ 769 ފަރާތުގެ ނަންތއް ހިމެނޭއިރު، އޭގެތެރެއިން 748 ފަރާތަކީ މީރާއަށް މިދިޔަ އަހަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތައް ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުންވެސް ބާކީ 21 ފަރާތަކީ، އިންކަމް ޓެކްސް ދައްކާފައިނުވާ ފަރާތްތައްކަމަށް މީރާއިން އާންމުކޮށްފައިވާ ލިސްޓުން ދައްކައެވެ.

މީރާއިން އެކްސްއަށް ކޮށްފައިވާ ޕޯސްޓު

މީރާއިން މިއަދު އެކްސްއަށް އާންމުކޮށްފައިވާ ލިސްޓުގައި އެތައް ކުންފުންޏަކާއި ވިޔަފާރިތަކެއްގެ ނަން އާނމުކޮށްފައިވެއެވެ. މާލޭ ސަރަހައްދުގައި ރަޖިސްޓްރީވެފައިވާ އެތައް ވިޔަފާރިއެއްގެ އިތުރުން އެތައް ރިސޯޓުތަކެއްވެސް އެ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

މިއީ މީރާއިން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޓެކްސް އަދި މީރާއަށް ދައްކަންޖެހޭ ފައިސާއެއް ދައްކާފައި ނުވާނަމަ އެ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކުރަމުން ދެއެވެ. އަދި އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އިތުރުން ފައިސާ ދެއްކުމަށް މަޖުބޫރުކުރުމުގެ ގޮތުން އެހެން ފިޔަވަޅުތައްވެސް މީރާއިން އަޅަމުން ގެންދެއެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީއަކީ އެފަދަ ހާލަތްތަކުގައި ބޭނުންކުރަމުން އަންނަ ޕޮލިސީއެވެ.

މީގެކުރިން މީރާއިން މިދިޔަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ފަސްކޮށްފައިވެސް ވެއެވެ. ނަމަވެސް، އެތައްފަރާތަކުން ފައިސާ ދައްކާފައިނުވާކަމަށް މިރާއިން ބުނެފައިވެއެވެ. އެހެންކަމުން ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް އަވަސްވެގަތުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ