Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޢަލީ އިޙްސާން

މިނިސްޓަރު އިޙްސާން އެ މިނިސްޓްރީގެ ދަށުގައިވާ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނަށް އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީއިން ބުނީ މި މަހުގެ 17 ވަނަ ދުވަހު މިނިސްޓަރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި އިޙްސާން އިއްޔެ އެ މިނިސްޓްރީގެ ދަށުގައިވާ ބައެއް އިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިފައިވާ ކަމަށެވެ. މި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ދޫނިދޫއަށް ޒިޔާރަތް ކުރައްވައި އެތަނުގައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތާއި ފުލުހުންގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ބައެއް ވަސީލަތްތައް ބައްލަވާލައްވައިފައެވެ.
މިނިސްޓަރު އިއްޔެ ވަނީ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާ ވެސް ކުރައްވައިފައެވެ.

އާ ސަރުކާރު ފެށުނުތާ ދެތިން ދުވަސްވީއިރު މިނިސްޓަރުން ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ތަނެވެ. ރައީސް މުއިއްްޒުގެ ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް 20 ނޮވެމްބަރުގައި ވަނީ ފޮނުވައިފައެވެ. ނަމަވެސް ރުހުން ދިނުމަށް ވޯޓާ ހަމައަށް ދެވޭނެ ދުވަހެއް އަދި ސާފެއް ނޫނެވެ.

މި ލިއުމާއި ގުޅޭ