Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓަނީ ބްލިންކެން

ސައުދީ އާއި ޔޫއޭއީގެ ޚާރިޖީ ވަޒީރުންނާ ބްލިންކެން ބައްދަލުކުރައްވައިފި

ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސައުދީ އާއި ޔޫއޭއީގެ ޚާރިޖީ ވަޒީރުންނާ އެމެރިކާގެ ޚާރުޖީ ވަޒީރު ބްލިންކެން ބައްދަލުކުރައްވައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމައިގެ އެއްބަސްވުމާ ބެހޭގޮތުން އެމެރިކާގެ އިސް ޑިޕްލޮމެޓް ވަނީ ޔޫއޭއީ އާއި ސައުދީގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ޔޫއޭއީގެ ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާންއާ އެކު ބޭއްވި މަޝްވަރާތަކުގައި ބްލިންކެން ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެމެރިކާ ދެމިއޮންނާނެ ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްހާން އަލް ސަޢުދާ ބައްދަލުކުރައްވައި، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ވިދާޅުވީ، އިސްރާއީލާއި ފަލަސްޠީނާ ދެމެދު ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަކީ ވޮޝިންޓަނާއި ރިޔާޟުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބްލިންކެން މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް ، ޣައްޒާގައި ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެމެރިކާގެ ޚާރިޖީ ވުޒާރާއިން އަދި މިހާތަނަށް ދައްކާފައެއް ނުވެއެވެ.
އެކްސިއޯސް ނިއުސް ވެބްސައިޓުން މި ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބްލިންކެން އިތުރު ދަތުރުފުޅެއް އިސްރާއީލަށް ކުރައްވަން ގަސްތު ކުރައްވަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ހަމަލާދިނުމަށްފަހު 4 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް ހަމާސްއާއިއެކު ހަދާފައިވާ ކަމަށް ކަމާބެހޭ ފަރާތަކުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުމަށް މިއަދު ނޫނީ މާދަމާ ( ބުރާސްފަތި ނުވަތަ ހުކުރު ) އަމަލު ކުރަން ފަށާނެކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ