Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުހައްމަދު ރަޝީދު ހުސައިން

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަމަށް ބިގޭ އިންތިޚާބުކޮށްފި

ހުސްވެފައިވާ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ)ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މަޖިލިސް މެންބަރުން އިންތިޚާބުކޮށްފިއެވެ.

މިއަދު ހަވީރު އެމްޑީޕީގެ އޮފީހުގައި ބޭއްވި އިންތިޚާބުގައި އޭނާއާ ވާދަކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ ޢަބްދުލްޙަކީމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ. ބިގޭއަށް 28 ވޯޓު ލިބިވަޑައިގެންނެވިއިރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި މެންބަރު ޣަނީއަށް ލިބިވަޑައިގަތީ 4 ވޯޓެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބިގޭއަކީ އެމްޑީޕީ އުފެއްދުމުން ފެށިގެން އެ ޕާޓީގެ ހަރަކާތްތަކުގައި މުހިއްމު ދައުރެއް އަދާކުރެއްވި އެޕާޓީގެ ޒަމާންވީ ލީޑަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ދެވަނަ ފަހަރަށް މަސައްކަތް ފަށައި މަޖިލީހުގައި އިތުރު މަސައްކަތްތައް ކުރުމަށް ހުރަސްއެޅުމުން އެމަނިކުފާނުވަނީ މަޖިލީހުގެ ރައީސްގެ މަޤާމުން އިސްތިއުފާދެއްވާފައެވެ.

އަސްލަމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރީ ރައީސް ނަޝީދު މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެމަނިކުފާނު އިސްތިއުފާދެއްވި ދުވަހުގެ ރޭ އޮތް މަޖިލީހުގެ ޖަލްސާއެއްގައެވެ.

މި ލިއުމާއި ގުޅޭ