ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖުގެ މަޤާމުގެ އިތުރަށް ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ސްޓޭޓު މިނިސްޓަރުންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 11 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސް ޑރ.މުޢިއްޒު ސްޕްޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖުގެ މަޤާމަށް އައްޔަންކުރެއްވީ މއ.ނައިލޯނުގެ، އަލީ ޝަރީފެވެ. އަދި އިތުރު 11 ބޭފުޅަކު އެކި ވުޒާރާތަކުގެ ސްޓޭޓު މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވެއެވެ. އެ ބޭފުޅުންނަކީ:
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުޙައްމަދު ޠާރިޤް އަޙްމަދު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑޮކްޓަރ ޢަމްޒަތު އަޙްމަދު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، ޢަބްދުއްރައްޒާޤު އިބްރާހީމް
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުޙައްމަދު ޝަހުރުއްޛިޔާދު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާޠިމަތު މުޙައްމަދު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަޙްމަދު ޝަފީޢު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަޙްމަދު މުނާޒު
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް - ހ. ނޫމުތީ، މުޙައްމަދު އިބްރާހީމް
މިއަދު މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އިބްރާހީމްގެ ވެރިކަމުގައި ސިޔާސީ މަގާމުތައް އިންތިހާއަަށް ގިނަވެ ދައުލަތަށް މާލީ ބުރަ އަކަށް ވެފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ރައީސް އިބްރާހިމް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވާ އެއްކަމަކީ އެ ސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަވުމެވެ. ނަމަވެސް ދައުރު ނިމުނު އިރު ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު އެތައް ސަތޭކައެއް އިތުރުވެ 1،000 އަށްވުރެ މައްޗަށް ގޮސްފައިވާކަން ބަޖެޓުގެ ހިސާބުތަކުން ފާހަގަވެއެވެ.
ރައީސް ޑރ. މުއިއްޒު ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ލިމިޓްކުރެއްވުމުން ވަރަށް ގިނަ ރައްޔިތުން ވަނީ އެ ނިންމުން ބަލައިގަނެ، ތަރުހީބު ކޮށް ޝުއޫރު ފާޅުކޮށްފައެވެ.