Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

މި އަހަރުތެރޭ ޑިމޮކްރޭޓްސްއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފި

މި އަހަރުތެރޭ ޑިމޮކްރޭޓްސްއަށް މަދުވެގެން 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ޑިމޮކްރޭޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މަދުވެގެން 10،000 މެންބަރުން އެ ޕާޓީއަށް ސޮއި ކުރުވުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް މެންބަޝިޕް ފޯމު ހުށަހެޅުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އަމާޒެއް ކަމުގައެވެ.

މީގެ އިތުރުންވެސް ޙަސަން ވިދާޅުވީ، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. އެގޮތުގެ މަތިން މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީއިން ވަރަށް ގިނަ ކަންކަން ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިގޮތުން މިހާރުވެސް ޑިމޮކްރޭޓްސް ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ އިސްވެރިން ރަށްރަށަށް ޒިޔާރަތް ކުރައްވަމުން ގެންދަވައެވެ.

ޙަސަން ވިދާޅުވިގޮތުގައި، އެ ޕާޓިއަށް މެންބަރުން އިތުރުކުރުމަށް ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެ ޕާޓީގެ މެންބަރުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނެކޭ އެއްފަދައިން އެ ޕާޓީންވެސް މެންބަރުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޮގަސްޓުމަހު އެ ޕާޓީއަށް 3،000 މެންބަރުންވަނީ ސޮއިކޮށް އެޕާޓީގެ ދަފުތަރުގައި ހިމެނިފައެވެ.

ދަ ޑިމޮކްރޭޓްސްއަކީ ރައީސް ނަޝީދުގެ ވިސްނުންފުޅުގެ މަތިން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ އުފެދުނުތާ މާ ގިނަ ދުވަހެއް ނުވެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެނޑިޑޭޓެއް ވާދަކުރައްވައި 15،000 އަށްވުރެއް ގިނަ ވޯޓުވެސް އެޕާޓީއިންވަނީ ހޯދާފައެވެ. އަދި ކުރިޔަށް އޮތް އިންތިހާބުތަކުގައިވެސް ބޮޑެތިކާމިޔާބީތަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ