Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުން ބަންދު ނުކުރަން ނިންމި މައްސަލަ ސްޕްރީމް ކޯޓަށް

ހއ.ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުުފުލީ ހަތަރު މީހުންގެ މައްޗަށެވެ. ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ.ޝާރާޒް މުޙައްމަދު މަފާޒް ޙުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލީ ރ.އިންނަމާދޫ,ސަމަންތާ, ޙުސައިން ޝާމިން އާއި, ގއ.ގެމަނަފުށި,ހަވާސް, މުޙައްމަދު ކަރަމް ސުހައިލް އާއި, ލ.ގަން/ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ނިންމީ ނޮވެމްބަރު 2022 ގައެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައިކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ހޯމަ ދުވަހު ނިންމީ އެގޮތަށް އަމުރެއް ނުކުރެވޭނެ ކަމަށެވެ.

އެހެންވެ އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ.

ތޫނު އެއްޗަކުން ނަދީމަށް ހަމަލާދިނީ 27 ޖުލައި 2017 ގެ ހަވީރުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި އޭނާ އިންދައެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 17:12 ގައެވެ.
މި ލިއުމާއި ގުޅޭ