Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

ފަލަސްޠީނު-އިސްރާއީލު އެއްބަސްވުމަށް މަރުހަބާ ކިޔުމާއެކު ރާއްޖެއިން ގޮވައިލީ ހަނގުރާމަ ނިމުމަކަށް ގެންނަން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ހުއްޓައިލަން އެއްބަސްވުމުން މަރުހަބާ ކިޔުމާއެކު، ހަމަލާތައް ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ޤަޠަރު މެދުވެރިގެން، މިޞްރާއި އެމެރިކާވެސް ބައިވެރިވެގެން، އިސްރާއީލާއި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސްގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ހަތަރު ދުވަހަށް އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހުއްޓައިލާނެެއެވެ.

އަދި ހަނގުރާމަ ފެށުނު ފަހުން ޙަމާސްއިން އަސީރުކޮށްފައިވާ 200 މީހުންގެ ތެރެއިން 50 މީހުން މިނިވަންކުރާނެއެވެ. އޭގެ މުޤާބިލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 50 އަސީރަކު މިނިވަންކުރުމަށްވަނީ އެއްބަސްވެފައެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން މި އެއްބަސްވުން އިއުލާނުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީވަޒީރު މޫސާ ޒަމީރުވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ހަމަލާތައް ބަދަލުކުރުމަށް އެއްބަސްވުމުން އެކަމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

އޭގެ އިތުރުން ޤަޠަރުން އިސްވެ ފަށައި އެހެނިހެން ޤައުމުތަކުން ބައިވެރިވެ މިފަދަ ދަނޑިވަޅެއްގައި ހިންގި މަޝްވަރާތަކަށް ތަރުހީބު ދިނުމާއެކު އެ މަސައްކަތް ޒަމީރު ފާހަގަކުރެއްވިއެވެ.

އެއާއެކު ޒަމީރުވަނީ ހަމަލާ ބަދަލުކުރުން ދާއިމީކޮށް ހުއްޓައިލުމަށް ރާއްޖެއިން ގޮވައިލާ ގޮވައިލުން ތަކުރާރުކުރައްވާފައެވެ.

ޤަޠަރުން ބުނި ގޮތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓައިލުމުން ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ހަކަތަ ފޯރުކޮށްދީ މިހާރުން މިހާރަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ތަކެތީ ފޯރުކޮށްދެވޭނެއެވެ.

މި ލިއުމާއި ގުޅޭ