Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އިސޫއާއި މުއާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި އަޙްމަދު މުޢާޒު (ގަޓު މުއާ) އަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

''ދިިޔަރެސް'' އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

މީގެއިތުރުން އެ މީހުން ބަންދުން ދޫކޮށްލިއިރު ފައިގައި އެޅުވި މޮނިކޮން ޓެގް ނައްޓައިލުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެކުރިން ވަނީ މި މައްސަލާގައި އަޙްމަދު އިސްމާޢީލް (އަހަނދު) އަށް ކުރާ ދައުވާތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި އިސޫގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. ގަޓު މުއާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލިއިރު އަހަނދުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.
މި ލިއުމާއި ގުޅޭ