Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޕީޕީއެމްގެ ސެނެޓަރު ޝަހީދު މަޖިލީހުގެ ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ސެނެޓަރު ޝަހީދް އިބްރާހީމް ނިންމަވައިފި އެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް، އަންނަ ޖެނުއަރީ މަހު ބާއްވާ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި އޭނާ ވާދަކުރައްވާނެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ޝަހީދަކީ ޕީޕިއެމްގެ ގެމަނަފުށީ ދާއިރާގެ ރައީސް ވެސްމެ އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ހަރަކާތުގައި ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެތިބުމާ ދެކޮޅަށް ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ވެސް އިސް ދައުރެއް އަދާކުރި އެވެ.
އޭނާއަކީ ޕީޕީއެމްގެ ހުރިހާ މަގުމަތި ހަރަކާތްތަކެއްގައި އެންމެ އިސް ސަފުގައި އަބަދު ވެސް ހުންނަ އެއް ފަރާތެވެ. އެގޮތުން ސިޔާސީ ހަރަކާތުގެ ތެރެއިން 20 ފަހަރަށްވުރެ ގިނަ ފަހަރު ޖަލަށް ލާފައިވާ ޝަހީދަކީ ސިޔާސީ ކަންކަމުގައި ކިރިޔާ ވެސް އުޅޭ ދިވެހިންނަށް އާ މޫނަކަށް ނުވާނެ އެވެ.
ނިމިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރެއިން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކޮށްފަ އެވެ.
އޭގެ އިތުރުން ޝަހީދު ވަނީ 2001 އިން 2018 އާ ދެމެދު ސިފައިންގެ ވަޒީފާގައި 17 އަހަރު ހިދުމަތް ކުރައްވާފަ އެވެ.
އަންނަ މާޗު މަހު މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތް ނަމަވެސް އެ ތާރީހު އަންނަ އަހަރުގެ ރޯދަ މަހާ ދިމާވާތީ، އޭގެ ކުރިން އިންތިހާބު ބޭއްވުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފަ އެވެ. މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ގުޅިގެން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ.
މި ލިއުމާއި ގުޅޭ