Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ރާއްޖޭގެ އިގްތިސާދަށް އަވަސް ހައްލުތަކެއް ދާނީ ފެންނަމުން: މިނިސްޓަރު

ރާއްޖޭގެ އިގްތިސާދަށް އަވަސް ހައްލުތަކެއް ފެނި، ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް މިދިޔަ ހުކުރު ދުވަހު ފެށުނު އާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސް ކުރުމާ ގުޅިގެންނެވެ.
މިނިސްޓަރު ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަދި އަވަސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒުގެ ވެރިކަންފެށުމާއި އެކު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަދި އަވަސް ބަދަލުތަކެއް ގެނައުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އަވަސް ހައްލުތަކެއް ދާނީ ފެންނަމުން،" އެ އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ސައުދީގެ ގައުމީ ނިއުސް އެޖެންސީ "ވާސް" އިން ބުނި ގޮތުގައި ރާއްޖެއާއި ސައުދީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމީ އިއްޔެ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެ ވިޔަފާރީގެ އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރާއެކު ކުރިއަށް ގެންދަވާނީ ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށް ވެސް ބުނެފައިވެ އެވެ.
ސައުދީގެ ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑަތެވެ. އެ ބައްދަލުވުމުގައި މުހިންމު 15 ނިންމެވުމެއް ނިންމަވާފައިވާ ކަމަށް ވެސް "ވާސް" އިން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް ސޮއިކުރަން އިއްޔެ ނިންމި އެ އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތު އަދި ރާއްޖޭގެ ސަރުކާރުން ވެސް ހާމަކޮށްފައެއްނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ހުކުރު ދުވަހު ހުވާކުރައްވައި ރިޔާސީ އާ ދައުރު ފެއްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އިބްރާހީމް ވަނީ މި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އެ ދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައި މިނސިްޓަރ ފައިސަލް ބިން ފާދިލް އިބްރާހީމް ވަނީ ވިޔަފާރިއާ އިގްތިސާދުގެ ދާއިރާއާ އަދި އެނޫންވެސް ގިނަ ދާއިރާތަކަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާފަ އެވެ.
މި ލިއުމާއި ގުޅޭ