Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ސްކޫލުތަކުގެ ލައިބްރަރީތަކުގައި ހުންނަ އިސްލާމްދީނާ ނުގުޅޭ ފޮތްތައް ނަގަން އަންގައިފި

ރާއްޖޭގެ ސްކޫލުތަކުގައި ހުންނަ ލައިބްރަރީތަކުގައި ހުންނަ ފޮތްތައް އިސްލާމްދީނާ ނުގުޅޭނަމަ، އެ ފޮތެއް ސްކޫލްތަކުގެ ލައިބްރަރީއިން ނަގަން އަންގައިފިއެވެ.

ތަޢުލީމީ ވަޒީރު އިސްމާއީލް ޝަފީއު ރާއްޖޭގެ ސްކޫލްތަކަށް ފޮނުވި ސިޓީގައިވަނީ، ސްކޫލްތަކުގެ ލައިބްރަރީގައި ހުރި ބައެއް ފޮތްތަކަކީ އިސްލާމް ދީނާއި ނުގުޅޭ ފޮތްތަކެއް ކަމަށެވެ. އިސްލާމްދީނާއި އެއްގޮތައް ސްކޫލްތަކުގެ ލައިބްރަރީތައް ބައްޓަން ކުރުމަކީ މުހިއްމުކަމެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.

ސްކޫލްތަކުގެ ލައިބްރަރީތަކަށް އަމިއްލަ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ހަދިޔާކުރާ ފޮތްތަކަކީ ރަނގަޅަށް ޗެކު ކުރެވި އިވެލުއޭޓު ކުރެވިފައިހުރި ފޮތްތަކެއްތޯ ބެލުމަށާއި، އެ ގިންތިތަކަށް ނުފެތޭނަމަ އެފަދަ ފޮތްތައް ލައިބްރަރީތަކުގައި ނުބެހެއްޓުމަށްވެސް އެމަނިކުފާނު އަންގަވާފައިވެއެވެ.

ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތްތަކުގެ އިތުރުން، ސްކޫލްތަކުގައި ބޭނުންކުރާ އެހެން ވަސީލަތްތަކަކީވެސް އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ މަތިން ބެހެއްޓިފައިވާ ވަސީލަތްތަކެއްކަން ކަށަވަރުކުރުމަށް ސްކޫލްތަކަށް ފޮނުވި ސިޓީގައި ޝަފީއު އަންގަވާފައިވެއެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ދަރިވަރުންނަށް އެހެން ދީންތައް އުނގަންނައި ދިނުމުގެ މައްސަލަ ފެންމަތިވެފައިވެއެވެ. އެހެންދީންތަކުގެ ވާހަކަތަކާއި މައުލޫމާތު ހުންނަ ފޮތްތަށް ދަރިވަރުންނަށް ދިނުމުން ބެލެނިވެރިންގެ ހިތްހަމަނުޖެހުން މީގެ ކުރިންވެސް ސަރުކާރަށް މީޒާންވެފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި، ރާއްޖޭގައި އިސްލާމްދީން ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ނުހަނު އިސްކަމެއް ދެއްވައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށްފަހު އިސްލާމްދީނާއި ގުޅުންހުރި މާއްދާތައް ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި ތިނަދޫ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީގެ އިތުރު ކެމްޕަސްއެއްވެސް އަޅާފައިވެއެވެ.

މި ލިއުމާއި ގުޅޭ