Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެ އުތުރުގެ ބައެއް އަތޮޅު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ނ. އަތޮޅުގެ ރަށްތަކަށެވެ. މޫސުމާއި ބެހޭ އިދާރާއިން ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ނ. އަތޮޅުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 09:05 އިން ފެށިގެން 12:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ނެރުނު ރީނދޫ ސަމާލު

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އެގަޑީގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެއެވެ.

މީީގެ އިތުރުން، މިއަދު މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ކ. އަތޮޅުގެ ރަށްތަކަށެވެ. މިއަދުު މޫސުމާއި ބެހޭ އިދާރާއިން އެ ސަރަހައްދުގެ ރަށްތަކަށް ނެރުނު ހުދު ސަމާލު ނެރެފައިވާ ގަޑިއަކީ ހެނދުނު 08:30 އިން ފެށިގެން 14:30 އަށެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އެ ގަޑީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ނެރުނު ހުދުސަމާލު
ރާއްޖެ އަށް މި ދުވަސްވަރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކޮޅިގަނޑުގައި ވައި ގަދަވެ، ކަނޑުތައް ގަދަވެދާނެތީ، ކަނޑުދަރުތު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.
މި ލިއުމާއި ގުޅޭ