Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރުކަމުގެ މަގާމަށް ތޮލާލް އައްޔަން ކުރައްވައިފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް, އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، މުހައްމަދު ތޮލާލް އައްޔަންކޮށްފި އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަންކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތޮލާލަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފައެވެ.
މީގެ ކުރިން ތޮލާލް ވަނީ އެތުލެޓިކްސް އެސޯސިއޭޝަނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

އެގޮތުން އޭނާވަނީ އެތުލީޓުން އުފެއްދުމާއި ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގްރާމުތައް ހޯއްދަވައިދެއްވުމުގައި އިސް ދައުރެއް އަދައިކުރައްވައިފައެވެ. ހަމައެއާއެކު ތޮލާލް ވަނީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ތޮލާލް އިންތިހާބުވީ، 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ ޓީމުގައި ހިމެނިވަޑައިގެންނެވެ. މިދިޔަ ދެ އަހަރު، އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގެން، އެކި މަސައްކަތްތަކުގައި ތޮލާލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސިޔާސީ ގޮތުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ތޮލާލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދައިކުރައްވައިފައެވެ.
މި ލިއުމާއި ގުޅޭ