Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ސީއީއޯއަކަށް ހަލީމް

ސަރުކާރުގެ މައި ހޮސްޕިޓަލް, އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަޤާމަށް އިބްރާހީމް ރައްޒާޤް ހަލީމް އައްޔަންކޮށްފިއެވެ.

ހަލީމަކީ މީގެ ކުރިން ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އެމްޕީއެލް, އެމްޓީސީސީ އަދި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އެފަހުން ހަލީމް މަސައްކަތް ކުރައްވާފައިވަނީ އޫރިދޫގެ އިސް މަޤާމެއްގައެވެ. ހަލީމަކީ މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މިއަދު އެ މަޤާމަށް ހަލީމް އައްޔަން ކުރެވުނު އިރު, ރައީސް ޑރ.މުއިއްޒު ވަނީ ގްރޭޓަރ މާލެ އޭރިއާގެ ހޮސްޕިޓަލްތައް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލުކޮށް އެ ބޯޑު ސީދާ ރައީސަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން އެ ބޯޑު ހިންގަމުން އައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

މި ލިއުމާއި ގުޅޭ