Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް ސައްތާރުގެ މައްސަލަ ހައިކޯޓުން ނެރުނީ ރައީސް އިބްރާހީމްގެ އަމުރަކަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ހައިކޯޓުން ނެރުނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަމުރަކަށެވެ.

ރައީސް އިބްރާހީމް ގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފޮނުއްވެވި ސިޓީގައި ނާޒިމް ސައްތާރު މިނިވަން ކުރަން ޢަމުރުކުރައްވާފައިވާކަމަށް ދިޔަރެސްއަށް މައުލޫމާތު ލިބިފައިވެއެވެ. 17 ނޮވެންބަރުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އޮފީހާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުން ނާޒިމް މިނިވަން ކުރުމަށް ސިޓީ ފޮނުވާފައިވަނީ މިމަހު 15 ވީ ބުދަދުވަހުކަމަށް ދިޔަރެސްއަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް އިބްރާހީމްގެ ޢަމުރާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނާޒިމް ސައްތާރުގެ މައްސަލަ އިސްތިއުނާފު ކުރުމަށްއެދި ހައިކޯޓަށް ހުށަހަޅާފައިވެއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސިޓީގައިވަނީ، ދަށުކޯޓުން ހުށަހެޅުނު ދަޢުވާގައިވާ ކުށުގެ އަދަބަކީ ނިސްބަތުން ކުޑަ އަދަދަކަށް ވުމާއި، ދަށުކޯޓުގެ ހުކުމާއި އެއްގޮތައް ނާޒިމް ހުކުމް ތަންފީޒު ކޮށްފައިވާތީ ނާޒިމް ސައްތާރުގެ މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ މަސްލަޙަތު ލިބިގެން ނުވާތީ، ނާޒިމް ސައްތާރުގެ މައްސަލަ އަނބުރާ ފޮނުވައިދެއްވުމަށް އެދިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި ސިޓީއާއި ގުޅިގެން އެ ކޯޓުން ނިންމާފައިވާ ގޮތަކީ، ނާޒިމް ސައްތާރުގެ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބާތިލް ކޮށްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ބައްލަވާފައިވާ 3 ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސައިން މަޒީދުއާއި، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާއެވެ.

މި ލިއުމާއި ގުޅޭ