Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ބިލްތަކަށް ފައިސާ ނުދައްކައިގެން ފެނަކަ އޮފީހުން ފެން ކަނޑާލައިފި

ފާއިތުވި ހަތަރު އަހަރުގެ އެއްވެސް ފެން ބިލެއް ދައްކައިފައި ނުވާތީ ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުން ފެނުގެ ހިދުމަތް ކަނޑާލައިފިއެވެ.

ރައީސް އިބްރާހިމްގެ ސަރުކާރުގެ ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވި އަދި ދިވެހި ކުންފުނި ތަކަށް ވެސް އެތައް ބިލިއަނަކުން ދަރާފައިވާ ފެނަކަ ކޯޕަރޭޝަނުގެ ފެންބިލުތަކަށް ލައްކައިން އަރައިގެން ދިޔައިރުވެސް އެ ބިލްތައް ދައްކާފައެއް ނުވެއެވެ. އަދި ފައިސާ ދައްކަން އެމްޕީއެލް އިން ތަކުރާރުކޮށް އެދުމުންވެސް ފެނަކަ އިން އެ އެންގުންތަކަށް އިޖާބަ ދީފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ހިންގަނީ އެމްޕީއެލްގެ އިމާރާތެއް ކަމަށްވާ ޕޯޓްސް ކޮމްޕްލެކްސްގަ އެވެ. އެ އިމާރާތުގެ ތިން ފްލޯއެއްގައި ފެނަކައިގެ އޮފީސްތައް ހިންގަމުންދާއިރު އޭގެ އެއްވެސް ފްލޯއަކުން ފާއިތުވި ހައތަރު އަހަރުތެރޭ އެއްވެސް ފެން ބިލެއް ދައްކާފައެއް ނުވެއެވެ.

ފެނަކައިގެ ދަރަންޏާއި ބެހޭ މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވަނީ ފެނަކައިގެ ޖުމްލަ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކަންޖެހޭ ކަމަށް ފާހަނގަ ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން ބޮޑުބަޔަކީ ސަޕްލަޔަރުންނަށް ނުވަތަ ވިޔަފާރިތަކަށް ދައްކަން ޖެހިފައިވާ ދަރަނިކަމަށެވެ.

މި ލިއުމާއި ގުޅޭ