Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

ދިވެހި ދައުލަތުގެ އެއްމެ އިސް ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވައި އެ ބޭފުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގެ ތެރެއިންނެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަން ކުރައްވާފައިވެއެވެ. މާނިޢުއަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވަނީ އެ ބޭފުޅާއަށް ކަސްޓަމްސް އޮފިސަރުންގެ ހުވައި ލައިދެއްވާފައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިޢު ޢައްޔަން ކުރައްވައިފައިވަނީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.

އަދި މީގެ އިތުރުންވެސް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމްއަށްވެސް ވަނީ މަޤާމެއް ހަވާލު ކުރައްވާފައެވެ. އެބޭފުޅާ ޢައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށެވެ. އެ މަޤާމަށް އެބޭފުޅާ ޢައްޔަން ކުރައްވާފައިވަނީ ވަޒީރެއްގެ ފެންވަރުގައެވެ.

މާނިޢުއާއި ނާޡިމްގެ އިތުރުންވެސް 4 ބޭފުޅެއް ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަަރުގައި މިއަދު ހުވާ ކުރައްވާފައެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަން ކުރެވުނީ މުޙައްމަދު ފަހުމީ ޙަސަންއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަޤާމަށޤ ޢައްޔަން ކުރެއްވީ އިބްރާހީމް ޢާމިރުއެވެ. އަދި ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ޢައްޔަން ކުރެއްވިއެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުގެ ފަތްކޮޅު އެރުއްވީ ޙަސަން ޒަރީރުއަށެވެ

މި ލިއުމާއި ގުޅޭ