ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި "އިމުގާ" ޑިކްލަރޭޝަން ފޯމް ފުރިހަމަ ނުކޮށް ދަތުރުކުރެވޭ ގޮތަށް ބަދަލުކޮށްފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމަށް މުހައްމަދު ޝަމްއާން ވަހީދު އައްޔަން ކުރެވުނީ މިއަދުއެވެ. މިއީ މަޤާމާއި ހަވާލުވުމަށްފަހު ޝައްމާނު ނިންމެވި ފުރަތަމަ ނިންމުމެވެ.
އިމިގްރޭޝަނުން ބުނާގޮތުން ދަތުރު ކުރުމުގައި ދިވެހިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މިފަދަ ފޯމެއް ފުރަންޖެހުމަކީ އެކަމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެއްކަމަށް ބުނެ އާންމުންގެ ޝަކުވާތައް ގިނަ ކަމަށްވެސް ވަނީ ބުނެފައެވެ.
"އިމުގާ" ޑިކްލަރޭޝަން ފޯރމް ފުރާގޮތަށް ހަމަޖެއްސީ ކޮވިޑް ޕެންޑަމިކްތެރޭގައެވެ. 15 ޖުލައި 2020 ގައި މި ފޯރމު ފުރަން ފެށުނުއިރު އޮންލައިން ޕްލެޓް ފޯމެއްވެސް ނެތެވެ. އެހެންކަމުން މިކަން ވެގެން ދިޔައީ ރައްޔިތުންނަށް ޖެއްސި ބޮޑު ތަކުލީފަކަށެވެ. މި ފޯމް އޮންލައިންކޮށް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލުކުރީ 14 މާޗު 2021 ގަ އެވެ.