Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮމިޝަނާ އޮފް ޕްރިޒަންސް

ކޮމިޝަނަރ އޮފް ޕްރިޒަންގެ މަޤާމަށް ޒަރީރު އައްޔަންކޮށްފި

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފިއެވެ.

އެމަގާމަށް ޒަރީރު އައްޔަންކޮށް، މަގާމުގެ ފަތްކޮޅު އޭނާއާއި ހަވާލު ކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މަޤާމުގައި މީގެކުރިން ހުންނެވީ އަހުމަދު މުހައްމަދުފުޅުއެވެ. އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޒަރީރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. ޒަރީރު އައްޔަން ކުރައްވާފައިވަނީ ވެސް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.

މިމަގާމުގެ އިތުރުން ވެސް ރައީސް ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ވެސް އައްޔަނު ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަޤާމަށް މުހައްމަދު ފަހުމީ ހަސަން އައްޔަންކޮށްފައިވާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނަށް އިބްރާހިމް އާމިރު އަދި ރައީސްގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރަކަށް އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ވަނީ އައްޔަންކޮށްފައެވެ.

މި ލިއުމާއި ގުޅޭ