Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުން މާދަމާއަށް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ ކުރީގެ ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ފަށާނެ ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައި ވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

އޭގެތެރެއިން ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް 33.5 ބިލިއަން ރުފިޔާ އަންދާޒާކޮށްފައިވާއިރު ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34,803.7 މިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށެވެ.

ރިކަރަންޓް ޚަރަދުގެ ބޮޑުބައެއް ޚަރަދުކުރެވެނީ މުވައްޒަފުންގެ މުސާރައާއި، ސަބްސިޑީއާއި އެހީއަށެވެ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައިވެއެވެ.

ބަޖެޓުގެ 29.8 އިންސައްތަ ޚަރަދުކުރުމަށް ރޭވިފައިވަނީ ކެޕިޓަލް ޚަރަދަށެވެ. މީގެ ތެރެއިން، 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދުކުރަނީ ޕީއެސްއައިޕީއަށެވެ. މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ