Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްއެމްޕީއާރުސީ ރީ ބްރޭންޑް ކުރަން ނިންމައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރިބްރޭންޑްކުރަން މި ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާންކުރީ އާ ސަރުކާރުން އެކުލަވައިލި ވިޒިޓާ އިކޮނޮމީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައެވެ.

އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން، ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަން،"
މިނިސްޓަރ އިބްރާހީމް ފައިސަލް

ރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގި އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިޔަށްދާ ކަމަށް އިބްރާހީމް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލެއް އެކުލަވައިލި ނަމަވެސް، އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރާނީ އެމްއެމްޕީއާރުސީން ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރްސީ ރީބްރޭންޑު ކުރުމަށް ފަހު އެތަނުގެ މަސައްކަތްތައް ބައްޓަން ކުރާނީ މިހާރު ހުރި މާކެޓުތަކަށް އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި އާ މާކެޓުތައް ވެސް ހޯދައިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ