Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ރައީސް އިބްރާހީމްގެ ސަރުކާރުން ދޫކުރި ފްލެޓު ލިސްޓު ރިވިއު ކުރަން ނިންމައިފި

ރައީސް އިބްރާހީމްގެ ސަރުކާރުން ވެރިކަމުގެ ފަހު ދުވަސްކޮޅު އާންމުކުރި ފްލެޓު ލިސްޓާ ގުޅޭގޮތުން ރައްޔިތުން ކުރި ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުންތަކާ ގުޅިގެން އެ ލިސްޓު ރިވިއު ކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ރައީސް އިބްރާހީމްގެ ވެރިކަމުގައި ދޫކުރި ފްލެޓުތައް ދީފައިވަނީ ހައްގުވެރިންނަށްތޯ ބަލާނެ ކަމަށެވެ. އަދި އެކަމުގައި އިތުރަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާޙީމްގެ ވެރިކަމުގައި ގެދޮރުވެރިޔާގެ ނަމުގައި ސްކީމެއް ތައާރަފްކޮށް އެ ސްކީމްގެދަށުން 13,000 މީހުން ގެދޮރަށް އެދި ކުރިމަތިލިއެވެ. އޭގެ ތެރެއިން 4000 މީހުންނަށް ފްލެޓު ލިބޭކަމަށް ކަނޑައެޅިއިރު, އޭގެތެރެއިން 7000 މީހުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުން ފެލްޓާއި ގޯތި ދޫކުރިއިރު, އޭގެތެރެއިން ބައެއް ގޯތިތައް ދޫކުރި ސަރަހައްދުތަކުގައި އަދި އޮތީ ކަނޑެވެ. މީގެ އިތުރުން ފްލެޓުތައްވެސް ނިމިފައިނުވާއިރު, އަދި އަޅަން ނުވެސް ފަށާ ފްލެޓުތައް ދޫކުރަން ސަރުކާރުން ވަނީ ލިޔުން ދޫކޮށްފައެވެ.

މިހުރިހާ ކަންކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ