ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް މުއިއްޒު ޢައްޔަން ކުރެއްވި 22 މިނިސްޓަރުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިއަދުކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ދިވެހި ދައުލަތުގެ މިނިސްޓަރުން ޢައްޔަންކުރުމަކީ ދިވެހި ދައުލަތުގެ ވެރިޔާއަށް ލިބިގެންވާ ބާރެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް ރައީސް ޢައްޔަންކުރައްވާ ވަޒީރުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ރައީސްގެ ޒިންމާއެއްކަމަށް އެ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވެއެވެ.
ވަޒީރުން ޢައްޔަންކުރުމަށް މަޖިލީހަށް ނަންފޮނުވިއިރު، މަޖިލީހުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ނަންވެސް ވަޒީރުންގެ ލިސްޓުގައި ހިމެނިވަޑައިގަނެފައިވެއެވެ. އެ ބޭފުޅުންވަނީ ރައްޔިތުން މަޖިލީހުން އެ ބޭފުޅުން އިންތިޚާބުވެވަޑައިގައިން ގޮނޑި ދޫކޮށްލާ އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން، މަޖިލީހުގައި މިވަގުތު ތިއްބެވީ ސަރުކާރު ހިންގާ ޕީޕީއެމް، ޕީ.އެން.ސީގެ 5 މެންބަރުންނެވެ.
ރައްޔިތުން މަޖިލީހުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުން މަދު ކަމުގައިވިޔަސް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމް.ޑީ.ޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލްއާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ދެއްވާފައެވެ.
މިދައުރުގެ ވަޒީރުންގެ ގޮތުގައި ޢައްޔަން ކުރެއްވި 22 މެންބަރުން ޢައްޔަންކޮށްފައިވަނީ 17 ނޮވެންބަރު 2023ގައެވެ.