Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އިންޑިއާއާއި ދެކޮޅަށް ނިކުތުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ނަޝީދު ވިދާޅުވެއްޖެ

އިންޑިއާއާއި ދެކޮޅަށް ނިކުމެ ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅުގޮތަކަށް ނުވާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު 13:35 ގައި އެކްސް އަށް ކުރި ޕޯސްޓެއްގައެވެ.

ނަޝީދު އެކްސްއަށް ކުރި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އިންޑިއާއަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމުގައެވެ. ރާއްޖެ ކައިރީގައި އޮންނަ އިންޑިއާއަކީ ދިވެހި ދައުލަތުގެ ތާރީޚުގައި މިހާތަނަށް، އެންމެ ޒަމާންވީ، އެކުވެރި، އަވަށްޓެރި ގައުމުކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ދިވެހިން އިންޑިއާއާއި ދެކޮޅަށް ތެދުވުމަކީ ބުއްދިވެރި ގޮތެއް ނޫންކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ކުރެއްވި ޕޯސްޓް

ނަޝީދު އެކްސްއަށް މިފަދައިން ޕޯސްޓު ކޮށްފައި މިވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ސަބަބުން އެތައް ބަޔަކު އެކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދިފައިވެއެވެ.

މީގެ އިތުރުންވެސް، އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު 77 ކަށް އަރާކަމަށެވެ. އަދި އިންޑިއާއާއެކު ހަދާފައިވާ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ޤައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކެއްވެސް ހުރިކަމަށް ރައީސް އޮފީހުގެ ޕޮލިސީ އަންޑާ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ