ލ. ފޮނަދޫ ކައުންސިލްގެ ހުރިހާ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީގެ ހުރިހާ މެންބަރުން ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
އެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ފޯމްތަކާ ހަވާލުވެ ވަޑައިގަތީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެކަމަށްޓަކައި ދިމްޔާތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފޮނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އާއި މާލީ ވަޒީރު މުޙައްމަދު ޝަފީގް ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭ ޕީއެންސީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެތޭގައި ލ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޟް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
ފުނަދޫ ކައުންސިލްގެ ހުރިހާ މެންބަރުން ޕީއެންސީއަށް ސޮއިކޮށް ފޯމު ހަވާލުކުރުން
ފޮނަދޫ ކައުންސިލްގެ ހުރިހާ މެންބަރުން ޕީއެންސީއަށް ސޮއިކުރެއްވިއިރު، އެ ޕާޓީއާ ކޯލިޝަންގައި އޮތް ޕީޕީއެމް އިން އެއްވެސް މެންބަރަކު ވަކި ނުކޮށް، ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒުގެ އިރުޝާދުގެ މަތިން ވަނީ ފަށާފަ އެވެ.
އަމާޒަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކޮށް، އެ ޕާޓީ ވަރުގަދަ ކުރުމުގެ އިތުރުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަގުލަބިއްޔަތެއް ހޯދުމެވެ.