އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާއިރު، އެމެރިކާގެ ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓްގެ ތާއީދު އޮތީ ޓްރަމްޕްއަށްކަން އިއުލާން ކުރައްވައިފިއެވެ.
އެބޮޓް ޓްރަމްޕް އަށް ތައުރީފް ކުރައްވާ ވިދާޅުވީ ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާއަށް އެތެރެވާން އުޅުނު ހިޖުރަވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ރައީސެއްގެ ހައިސިއްޔަތުން ބޯޑަރު ހުރަސްކުރާ މިންވަރު ރެކޯޑް އަދަދަކަށް ދަށް ކުރައްވާ ފައި ކަމަށެވެ. އަދި ޓްރަމްޕްގެ ޕްލޭންތަކުގެ ސަބަބުން ބޯޑަރުގެ ކޮންޓްރޯލް އަދި ސެކިއުރިޓީ އަލުން އިއާދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަދަ ހައި ޕްރޮފައިލް އެންޑޯސްމަންޓެއް ޓްރަމްޕްއަށް ލިބިފައި މިވަނީ ޖީއޯޕީ ޕްރައިމަރީ ރޭހުގެ ކުރިން ނެގިއަވަސް ވޯޓުގައި ޓްރަމްޕް ކުރީގައި ހުންނެވި ދަނޑިވަޅެއްގައެވެ. އެމެރިކާގެ އެންމެ ބޮޑު ސްޓޭޓްގެ ރިޕަބްލިކަން ގަވަރުނަރުގެ ތާއީދު ލިބުމަކީ ޓްރަމްޕަށް ލިބުނު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ގިނަބަޔަކު ދެކެއެވެ.