Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

އިގްތިސާދާމެދު އޮތް އިތުބާރު އަލުން ގާއިމުކޮށް، ރައްޔިތުންގެ އުންމީދު ހާސިލްކުރަނަން: ސައީދު

ރާއްޖޭގެ އިގްތިސާދާ މެދު ބޭރު ގައުމުތަކުގެ އިތުބާރު އަލުން ގާއިމްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، އާ އިކޮނިމިކް މިނިސްޓަރު މުހަްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ އާ ޒަމާނަކަށް އެ މިނިސްޓްރީން ތިބީ ތައްޔާރަށް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް، ރާއްޖޭގެ އިގްތިސާދާމެދު ބޭރު ގައުމުތަކުގެ އިތުބާރު އަލުން ގާއިމްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ބެސްޓް އެފޯޓް ލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު އިންވެސްޓްމެންޓްތައް ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފައިދާ އިމްޕްރޫވް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އިކޮނޮމިކް މިނިސްޓަރަކަށް ހަމަޖެއްސެވި ސައީދު ވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ކަންކަން ކުރެއްވި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިންގެ ތެރެއިން ވީ އިގްތިސާދީ ވައުދުތައް ފުއްދުމަށް އިކޮނޮމިކް މިނިސްޓްރީ ތެރެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ސައީދު ވަނީ އެ މަގާމާ ހަވާލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ފުރަތަމަ ޕޯސްޓުގައި ވެސް ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ