Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އިޒްރޭލު ޕާސްޕޯޓު މަނާވާގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނޮޅިވަރަމް ދާއިރާގެ މެންނަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހިމަނާފަ އެވެ.
އެ އިސްލާހު ހުށަހަޅުއްވާ ސަބަބެއް ކަމަށް މޮސްޓާ ވިދާޅުވީ އިޒްރޭލުން އެކިއެކި އިސްލާމީ ގައުމުތަކަށް، ހާއްސަކޮށް ގައްޒާގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ހަނގުރާމައާ ގުޅުމެއްނެތް މުސްލިމް އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ އެވެ.
އަދި އެ ހަމަލާތަކުގައި ގައްޒާގެ އަސާސީ ހިދުމަތްތައް ބަންދުކޮށް، ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި، ރެފިއުޖީ ކޭމްޕުކޮށް ސުންނާފަތިކޮށް، އިންސާނިްޔަތާ ހިލާފު އެތައް އަމަލުކުތަކެއް ހިންގަމުންދާތީ އެވެ.
އެހެންކަމުން އިޒްރޭލުން އެ އަމަލުކޮށް ކުށްވެރުކޮށް، އެއްވެސް ގޮތަކުން އިޒްރޭލަށް އެހީއަކަށް ވެދާނެ އެންމެހާ ކަންކަން ހުއްޓުވުމަށްޓަކައި އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ވެސް ހިމެނޭ، އޯއައިސީ ގައުމުތަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ، ރާއްޖެއިން ވެސް އެ ގައުމުތައް ނަމޫދާނއެއް ކަމަށް ދެކި، އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް އިސްލާހު ހުށަހެޅީ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ދިވެހިން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ.
އަދި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އެތެރެވިޔަ ނުދިނުމަށާއި އެ ގައުމުގެ ޕާސްޕޯޓު ރާއްޖެއިން ބޭން ކުރަން ގޮވައިލައި ގިނަ ދިވެހިން ތަކުރާރުކޮށް ދަނީ ހިޔާލު ފާޅުކުރަމުންނެވެ. އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި އިތުރުވާތީ އިޒްރޭލުގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން ވެސް އަންގާފަ އެވެ.
މި ލިއުމާއި ގުޅޭ