Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދާހިލީ ސަލާމަތާއި ފަންނިއްޔަތުގެ ވުޒާރާ

ގިނަ އިދާރާތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ދަށަށް ބަދަލުކޮށްފި

ގިނަ އިދާރާތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރު ބަދަލުވުމާއި ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ސަރުކާރުގެ ގިނަ އިދާރާތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ދަށަށް ބަދަލުކުރުމެވެ.

މީގެ ކުރިން ނެޝަނަލް ޑްރަގު އެޖެންސީ ހިންގަމުން ގެންދިޔައީ ޞިއްޙީ ވުޒާރާގެ ހިންގުމުގެ ދަށުންނެވެ. ނަމަވެސް މިހާރު އެން.ޑީ.އޭ ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ދަށަށް ބަދަލުކޮށްފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ދަށަށް ބެލެނިވެރިކަން ބަދަލުކޮށްފައިވާ އަނެއް އިދާރާއަކީ ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއެވެ.

މީގެ އިތުރުން، ކުރީގެ އިދާރީ އޮނިގަނޑު އޮތްގޮތައް ބަލާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އާއި އިމިގްރޭޝަން ހިންގަމުން ގެންދިޔައީ ރާއްޖޭގެ ދިފާއީ ވުޒާރާގެ ދަށުންނެވެ. ނަމަވެސް، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކާއި ގުޅިގެން އެ 2 ވުޒާރާވެސް ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގެ ހިންގުމުގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުންވެސް، އެތައް ވުޒާރާއެއްގެ ހިންގާ ފަރާތް ބަދަލުކޮށްފައިވެއެވެ. އެގޮތުން ނޭޝަނަލް ސެންޓާރ ފޯ އާޓްސް، ނެޝަނަލް ޖޮބް ސެންޓަރު އަދި ނޭޝަނަލް އާޓް ގެލެރީފަދަ އެތައް އިދާރާތަކެއްވަނީ އެ އިދާރާތަކުގެ ބެލެނިވެރިފަރާތް ބަދަލުކޮށްފައެވެ.

އާ ސަރުކާރާ އެކީގައި އޮނިގަނޑަށް އައި ބަދަލުތަކުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓ،ް އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް ސިޓީސް، އަދި ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްފަދަ ވުޒާރާތަކެއް ތަޢާރަފް ކުރެވިފައިވެއެވެ. އަދި އޮނިގަނޑަށް އަދި ބަދަލުތަކުގެ ސަބަބުން އެތައް ވުޒާރާއެއްގެ ނަންވެސް ބަދަލުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ