Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގައި ދެ ނޫސްވެރިއަކު މަރުވެއްޖެ

ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ ނޫސްވެރިއަކު މަރުވެއްޖެ ކަމަށް މޮނިޓަރިންގެ ގްރޫޕަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ މަޑާއިން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލުން ރޭ ދަންވަރު ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގައި ދެ ނޫސްވެރިއަކު ވަނީ މަރުވެފަ އެވެ.

އެ ޖަމާއަތުން ބުނީ ސާރީ މަންސޫރާއި ހަސޫނޭހް ސަލީމް މަސައްކަތް ކުރަމުން ދިޔައީ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ކަމަށެވެ.

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މަރުވި ނޫސްވެރިންގެ އަދަދަކީ 42 އެވެ. އިތުރު ދެ މީހުން މަރުވުމާ އެކު، ހަމަނުޖެހުންތަކުގައި މަރުވި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ 39 މީހަކާއި އިޒްރޭލުގެ ހަތަރު މީހަކާއި ލުބުނާނުގެ މީހެކެވެ.
ސީޕީޖޭއިން ބުނީ 1992 ވަނަ އަހަރުން ފެށިގެން މިފަދަ ހަމަނުޖެހުންތަކުގައި މަރުވާ ނޫސްވެރިންގެ ރެކޯޑްތައް އެމީހުން ބަލަހައްޓަމުން އަންނަ ކަމަށާއި، އެ ޖަމާޢަތުން ނޫސްވެރިންގެ ތަފާސް ހިސާބުތައް އެއްކުރަން ފެށި ފަހުން، މި ހަނގުރާމައިގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި އެހެން ހަމަނުޖެހުންތަކަށް ވުރެ ގިނަ ރިޕޯޓަރުން ވަނީ މަރުވެފަ ކަމަށެވެ.
މި ލިއުމާއި ގުޅޭ