Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ 'އިނޮސް' ޓީވީ ރެޑްވޭވުން ތަޢާރަފްކޮށްފި

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު 'އިނޮސް' ޓީވީ ރެޑްވޭވުން ތަޢާރަފްކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުންގެ މަގުބޫލުކަން ހޯދާފައިވާ އިނޮސް ޓީވީއަކީ ކޮރެއާގެ އުފެއްދުމެކެވެ. އެކި ސައިޒުތަކަށް ފަރުމާކޮށްފައިވާ އިނޮސް ޓީވީ ރެޑްވޭވް ޕެވިލިޔަން، ރެޑްވޭވް އިލެކްޓްރޯނިކްސް، ރެޑްވޭވް ލިވިންގް އަދި ރެޑްވޭވް މެގަމޯލުން ލިބެން ހުންނާނެކަމުގެ ޚަބަރު ރެޑްވޭވުން ދީފައިވަނީ، އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައެވެ.

ރެޑްވޭވްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނިން އިނޮސް ބްރޭންޑުގެ 2 ސައިޒެއްގެ ޓީވީ ވިއްކައެވެ. އެއީ 50 އިންޗީގެ ޓީވީއަކާއި 55 އިންޗީގެ ޓީވީއެކެވެ.

50 އިންޗީގެ، 'އިނޮސް 4ކޭ ޔޫ.އެޗް.ޑީ ގޫގުލް ޓީވީއަކީ ޖީ50 އެޑިޝަންގެ ޓީވީއެކެވެ. އެ ޓީވީ ރެޑްވޭވުން ލިބެން ހުންނާނީ 5,790 ރުފިޔާއަށެވެ. 55 އިންޗީގެ، 'އިނޮސް 4ކޭ ޔޫ.އެޗް.ޑީ ގޫގުލް ޓީވީއަކީ ކޭޔޫ އެޑިޝަންގެ ޓީވީއެކެވެ. އެ ޓީވީ ރެޑްވޭވުން ވިއްކަމުން ގެންދަނީ 6،490 ރުފިޔާއަށެވެ. މީގެ އިތުރުން، އެކި ފައިނޭންޝަލް ސްކީމުތަކުގެ ދަށުންވެސް ޓީވީ ގަތުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ޓީވީތަކުގެ ޑިސްޕްލޭއަކީ އަލްޓްރާ އެޗްޑީ ޑިސްޕްލޭ އެކެވެ. އަދި ޓީވީގެ ސްޕީކަރުތަކުގައި ޑޮލްބީ އެޓްމޮސް އޯޑިއޯ ޓެކްނޮލޮޖީ ބޭނުން ކޮށްފައިހުރެއެވެ. އަދި ބުލޫޓޫތާއި ވައިފައިގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި ވޮއިސްކޮމާންޑުން ޓީވީއާއި ކުޅެވެއެވެ.

ރެޑްވޭވުން އިނޮސް ބްރޭންޑުގެ ޓީވީ ގަންނަ ފަރާތްތަކަށް ޓީވީ ހަރުކޮށްދިނުމުގެ ޚިދުމަތްތައް ލިބެން ހުރެއެވެ. އެގޮތުން ސްޓޭންޑް މައުންޓު ހަރުކުރުމާއި، މާލެ، ހުޅުމާލެ އަދި ބޯއްޓުފަހަރުތަކަށް ޑެލިވަރީ ކުރުމާއި އަދި ޓެސްޓު ކުރުމުގެ ޚިދުމަތް 200 ރުފިޔާއަށް ލިބެއެވެ. ފާރުގައި ހަރުކުރާނަމަ 450 ރުފިޔާއަށް ހަރުކުރެވެއެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އިނޮސް ބްރޭންޑުގެ ޓީވީ ބައްލަވައިގަންނަ ފަރާތްތަކަށް 1 އަހަރު ދުވަހުގެ ވޮރެންޓީ ލިބެއެވެ.

މި ލިއުމާއި ގުޅޭ