Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިން 21 ރަށެއްގައި އިންޖީނުގެ އެޅުމުގައި ޤަވާއިދާ ޚިލާފުވެގެން 4.2 މިލިއަނުން ޖޫރިމަނާކޮށްފި

ފެނަކައިން 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތްކުރުމުގައި ޤަވާއިދުން ލާޒިމުކުރާ ގޮތަށް އަމަލުކޮށްފައިނުވާތީ އެ ކުންފުނި 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމައިފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިން، 21 ރަށެއްގައި އިންޖީނުގެ އެޅުމުގައި ޤާނޫނާއި ޤަވާއިދުން ލާޒިމުކުރާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ހަދާފައިނުވާކަން އެނގިފައިވާ ކަމަށެވެ.

އަދި އީޕީއޭއިން ފާހަގަކުރީ މީގެ ކުރިންވެސް 6 ފަހަރެއްގެ މަތިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ޤަވާއިދާ ޚިލާފުވެގެން އެ އެޖެންސީން ފެނަކައާ މެދު ފިޔަވަޅުއަޅާފައިވާ ކަމަށެވެ.

21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވަނީ އީއައިއޭ ހެދުމަކާނުލައިކަން ސާބިތުވުމާ ގުޅިގެން އެކަމާ ބެހޭ ޤަވާއިދުގެ ދަށުން އެ ކުންފުނި 4،200،000 (ހަތަރު މިލިއަން ދެލައްކަ ރުފިޔާ)އިން ޖޫރިމަނާކުރަން އީޕީއޭއިން ނިންމާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ފެނަކައިން ހިންގާ ހުރިހާ މަޝްރޫޢުތައްވެސް އީއައިއޭ ހެދުމާ ބެހޭ ޤަވާއިދުގައި ބަޔާންކުރާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ކުރިއަށްގެންދިއުމަށް އީޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ