Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލައިގެ ފަހު ބަސް އިއްވާ އަޑުއެހުން އަންގާރަދުވަހު އޮންނާނެ

ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރިމިނަލް ކޯޓުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެއް އަންނަ އަންގާރަދުވަހު ހައިކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލި އާރަށް މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ދައުވާތައް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެއްވި ނަމަވެސް، ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅިގެން އެ މައްސަލަ ކުރިއަށްނުގޮސް ވަރަށް ބޮޑަށް ދިގުލައިގެންދިޔައެވެ. އަދި އެ މައްސަލާގައި ގޮތެއް ނުނިމި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތެވެ.

އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒެވެ. އިންތިޚާބު ކާމިޔާބުކުރައްވައި މިމަހުގެ 17 ވަނަ ދުވަހުގައި ޑރ.މުޢިއްޒުވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައެވެ.

އަންނަ އަންގާރަދުވަހަށް އާރަށު މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އެ މައްސަލާގައި އެންމެ ފަހުން އޮތް އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރުން އިއުލާނުކުރެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން އެންމެ ފަހު ބަސް އިއްވުން ކަމަށެވެ.

އެހެންކަމުން އަންނަ އަޑުއެހުމުގައި ދައުލަތާއި ދިފާއުގެ ފަހުބަސް އިއްވުމަށްފަހު ދެން އޮންނާނީ އެ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމައި ހުކުމްކުރުމުގެ އަޑުއެހުމެވެ.

މި ލިއުމާއި ގުޅޭ